ޝްރައްދާ އާރިޔާ، ގޫގުލް އިމޭޖެސް
ޝްރައްދާ އާރިޔާ، ގޫގުލް އިމޭޖެސް
ގިނަ ބައެއްގެ މެދުގައި މަގުބޫލު ޑްރާމާ ސިލްސިލާ "ކުންޑަލީ ބާގިޔާ" ގައި ޕްރީތާގެ ރޯލު ކުޅުނު ތަރި ޝްރައްދާ އާރިޔާ މެޓާނިޓީ ލީވްއަށްފަހު އަނެއްކާވެސް "ބާގިޔާ ޔުނިވާސް" އިން ފެންނާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

ޝްރައްދާ އަށް އެއްމާބަނޑު ދެބެއިން ލިބިފައިވަނީ 2024 ގެ ނޮވެމްބަރު މަހުގައެވެ. ގިނަ ދުވަސްތަކެއް ވަންދެން މެޓާނިޓީ ލީވްގައި ހުރުމަށްފަހު މަސައްކަތަށް އެނބުރި އަންނަން އުޅޭ ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝްރައްދާ ވަނީ ބުނެފައެވެ.

އެގޮތުން އޭނާ ބުނީ މިފަހަރު އޭނާ ފެނިގެންދާނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު "ކުމްކުމް ބާގިޔާ" އިން ކަމަށެވެ. މި ޑްރާމާއިން އޭނާ ފެންނާނެ ކަމަށް ބުނިނަމަވެސް، އޭނާ ކުޅޭ ރޯލާގުޅޭ މައުލޫމާތެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޝްރައްދާ މެޓާނިޓީ ލީވް އަށް ދިޔައީ 2024 ވަނަ އަހަރުއެވެ. އޭރު އޭނާ މަސައްކަތް ކުރަމުންދިޔައީ "ކުންޑަލީ ބާގިޔާ" ގައެވެ. އޭނާ ލީވް އަށް ދިޔަފަހުން، 2024 ވަނަ އަހަރު ޑިސެމްބަރު 6 ގައި މި ޝޯ ވަނީ ހުއްޓާލާފައެވެ. އޭނާ ކުންޑަލީ ބާގިޔާގައި އަދާކުރި ރޯލަށް އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން