މަރްޔަމް ނަހްދާ ވަޙީދު   19 އޭޕްރީލު 2025 - 6:19
އަރްޝަދް ވަރްސީ، ގޫގުލް އިމޭޖެސް
އަރްޝަދް ވަރްސީ، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އަރްޝަދު ވަރްސީވެސް ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގެ ކާސްޓާ ގުޅިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ "ކިންގު" ގެ މުހިންމު ރޯލަކުން އަރްޝަދުވެސް ފެނިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ކެރެކްޓަރާ ގުޅޭ އިތުރު މައުލޫމާތެއް އަދި މީޑިއާތަކާ ހިއްސާ ކޮށްފައި ނުވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ އަރުޝަދާއި ޝާހުރުކް އަކީ ދުވަސްވީ ރަހްމަތްތެެރިން ކަމަށެވެ. އެހެންނަމަވެސް، މިއީ ފިލްމެއްގެ "ޕްރޮމިނެންޓު" ރޯލުތަކުން މި ދެ ތަރިން އެކުގައި ފެންނަ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުގައި ވެއެވެ.

"ކިންގު" އިއުލާން ކުރުމާއެކު މި ފިލްމަށް ވަނީ އެތައް ބައެއްގެ ނަޒަރު ހުއްޓުފައެވެ. މި ފިލްމުގައި ޝާހުރުކް އާއެކު އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާންވެސް ފެނިގެންދާނެއެވެ. މިއީ ސުހާނާ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސް މެއެެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2026 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން