ބޮލީވުޑްގެ ނަން މަޝްހޫރު ޑައިރެކްޓަރު ޕްރިޔާދަރްޝަންގެ ކުރިއަށް އޮތް ފިލްމުގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ތަރި ސައިފް އަލީ ޚާން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސައިފް ވަނީ ޕްރިޔާ ދަރްޝަންއާއެކު މަސައްކަތް ކުރަން އުޅޭ ކަން ހާމަކޮށްފައެވެ. މިއީ މި ޑައިރެކްޓަރާއެކު ސައިފް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
މި ފިލްމުގައި ސައިފް ފެނިގެންދާނީ ލޯފަން މީހެއްގެ ރޯލުންނެވެ. މިއީ ސައިފުގެ އެކްޓިން ކެރިއަރުގައި މިފަދަ ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތަކުގަައި ވެއެވެ.
ފިލްމުގެ ނަން އަދި ހާމަ ކޮށްފައިނުވީނަމަވެސް، މިއީ ތުރިލާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު މި ފިލްމުގެ ސްކްރިޕްޓު ވަނީ ތައްޔާރުވެފައެވެ.
މި ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕްރިޔާދަރްޝަން ބުނެފައި ވަނީ ސައިފްއާއެކު އަބަދުވެސް މަސައްކަތް ކުރަން ބޭނުންވި ކަމަށާއި، ރަނގަޅު ސްކްރިޕްޓެއް ލިބުމުން މިހާރު އެކަން ފައިނަލް ކުރީ ކަމަށެވެ.
ސައިފް މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ފިލްމު "ޖުވެލް ތީފް" ނެރުމަށެވެ. މި ފިލްމުގެ ލީޑުން އޭނާއާއެކު ފެނިގެންދާނެ ޖެއިދީޕް އަހްލަވަޓުއެވެ.

ކިޔުންތެރިންގެ ހިޔާލު