ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ފިލްމު "ނޯ އެންޓްރީ" ގެ ސީކުއެލްގެ ކާސްޓާ ބޮލީވުޑްގެ މަޝްހޫރު ތަރި ތަމައްނާ ބާޓިއާ ގުޅިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ނިއުސް 26 ގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ "ނޯ އެންޓްރީ 2" ގެ ކާސްޓާ ގުޅިފައިވާކަން އޭނާ އަމިއްލައަށް ހާމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ފިލްމުގައި މަސައްކަތް ކުރަން ކެއްމަދުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ފިލްމުގައި ތަމައްނާ ފެނިގެންދާނީ "ނޯ އެންޓްރީ" ގައި ބިޕާޝާ ފެނިގެންދިޔަ ރޯލާ އެއްފަދަ ރޯލަކުން ކަމަށް ރިޕޯޓުގައި ވެއެވެ.
މި ކޮމެޑީ ފިލްމުގެ ލީޑުން ތަމައްނާއާއެކު ފެނިގެންދާނީ ވަރުން ދަވަން، ދިލްޖިތު ދޯސަންޖު އަދި އަރުޖުން ކަޕޫރުއެވެ. މި ފިލްމު ޑައިރެކްޓުކުރާނީ އަނީސް ބަޒްމީއެވެ.
"ނޯ އެންޓްރީ 2" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން މަހުގައެވެ. މި ފިލްމު "ނޯ އެންޓްރީ" އަށްވުރެ ފުރިހަމަވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
މި ފިލްމުގެ ޝޫޓިން ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާއިރު، ތަމައްނާ ވަނީ ދާދި ފަހުން "ރޭންޖާސް" ގެ ޝޫޓުތައް ވެސް ފަށާފައެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެންނާނީ އަޖޭ ދޭވްގަން އެވެ.

ކިޔުންތެރިންގެ ހިޔާލު