ސިޔާސީ ޕާޓީތައް މިހާރު ވެފައިވަނީ ޤައުމުގެ ކުރިމަގަށް އެޅޭ ހުރަކަށް ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ޢުމަރު ވިދާޅުވީ މިދިޔަ 20 ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ދަރަނި ފުންޏެއް ނޫން އެއްޗެއް ދީފައި ނުވާ ކަމަށެވެ.
އެގޮތުން ޢުމަރު ވިދާޅުވީ މިދިޔަ ވިއްސަކަށް އަހަރު ދިވެހިންވަނީ މަލްޓިޕާޓީ ނިޒާމާއި ސިޔާސީ ޕާޓީތައް ޓެސްޓުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް، އޭގެން ރައްޔިތުންނަށް ފައިދާއެއް ވެފައި ނެތް ކަމަށާއި އޭގެ ބަދަލުގައި ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ޚަޒާނާ ހުސްކުރަމުންދާ ކަމަށް ޢުމަރު ވިދާޅުވިއެވެ.
“ބަހައިގެންނާއި ތިޖޫރީން ވައްކަން ކޮށްގެން. ސިޔާސީ ޕާޓީތަކުގެ މީހުންނަށް ފައިސާ ދީގެންނާއި އެ މީހުން ބޭނުންވާ އެއްޗެހި ދީގެންނާއި ކޮރަޕްޝަން ހިންގައިގެން.” ޢުމަރު ވިދާޅުވިއެވެ.
ހަމައެއާއެކު ޢުމަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކުރާކަމަކީ އެޕާޓީއެއްގެ އިސް މީހުންނަށް ދައުލަތް ބަހާލުމާއި، ވަޒީފާތައް ބަހާލުމާއި، ދަޢުލަތުގެ ބިންތައް ބަހާލުމާއި، ފަޅުރަށްތައް ބަހާލުމާއި، ތިޖޫރީގައި ހުރި ފައިސާ ބަހާލުން ކަމަށެވެ.
“އޭގެ ނަތީޖާއަކީ އަޅުގަނޑުމެން ގައުމު ހުސްވުން. އަޅުގަނޑުމެން މި ތިބީ ދަރައި ވިކިފައި.” ޢުމަރު ވިދާޅުވެފައިވެއެވެ.
އެހެންކަމުން މަލްޓި ޕާޓީ ނިޒާމު ރާއްޖޭގައި ވަނީ ފެއިލްވެފައި ކަމަށާއި ރައްޔިތުންނަށްވާ ވަޢުދު ފުއްދައި ނުދިނުމާއެކު ޕާޓީތައް މިހާރު ވެފައިވަނީ ގައުމުގެ ކުރިމަގަށް އެޅޭ ހުރަކަށް ކަމަށް ޢުމަރު ވިދާޅުވިއެވެ.
އޭގެއިތުރުން ޢުމަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވެފައިވާ އިހުމާލުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ޓަކައި ވަރުގަދަ ލީޑަރެއް ބޭނުންވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވޯޓުދޭއިރު ގާބިލު މީހުންނަށް ރައްޔިތުން ވޯޓުދޭ މަންޒަރު ފެންނާނެ ކަމަށެވެ.
ޢުމަރު މިހެން ވިދާޅުވެފައިވާއިރު ޢުމަރަކީ މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފު ކުރިފަހުން 2018 ގެ އިންތިޚާބު ފިޔަވައި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވާދަކުރަށްވައި ރައްޔިތުންގެ މާބޮޑު ތަރުހީބެއް ލިބިވަޑައިގެންފައި ނެތް ބޭފުޅެކެވެ. ނަމަވެސް އުމަރަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރަށްވާނެ ކަމަށް ފާޅުގައި ވަކާލާތުކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު