ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ ލީޑުން ފެނިގެންދާ ސައިކޮލިޖިކަލް ތުރިލާ ފިލްމު އަންނަ މަހު ނެރޭނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވަނީ "ނިކިތާ ރޯއި" ގެ ނަމުން ނަން ދެވިފައިވާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މޭއި 30 ގައި ކަމަށެވެ. މި ފިލްމު ޑައިރެކްޓު ކުރަނީ ސޮނާކްޝީގެ ބޭބެ ޚުޝް ސިންހާ އެވެ.
ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި، އިންސާނާގެ ސިކުނޑީގެ "ގްރޭއި ޒޯނު" ތައް މަސައްކަތް ކުރާ ގޮތް ދައްކުވައިދޭނެ ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން މި ފިލްމުގައި ސައިކޮލޮޖިކަލް ޓެންޝަންތަކާއި، އިންސާނާގެ ނިކަމެތިކަން ދައްކުވައިދޭ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޮނާކްޝީގެ އިތުރުން އަރުޖުން ރަމްޕަލް، ޕަރޭޝް ރަވަލް، އަދި ސުހެއިލު ނައްޔަރު ހިމެނެއެވެ. އަދި މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ނިކީ ބަގާނީ އާއި ވިކީ ބަގާނީ ގުޅިގެންނެވެ.
ސޮނާކްޝީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ޒީ5 އިން ނެރުނު "ކަކުޑާ" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެނިފައިވަނީ ރިތޭޝް ދޭޝްމުކް އާއި، ސާގިބް ސަލީމް އެވެ.

ކިޔުންތެރިންގެ ހިޔާލު