މޯހަންލާލް އަށް މެސީގެ ސޮއި ކޮށްފައިވާ ޖާރޒީއެއް، ގޫގުލް އިމޭޖެސް
މޯހަންލާލް އަށް މެސީގެ ސޮއި ކޮށްފައިވާ ޖާރޒީއެއް، ގޫގުލް އިމޭޖެސް
މަލަޔާލަަމް ސިނަމާގެ ވެޓެރަން އެކްޓަރު މޯހަންލާލް އަށް ފުޓުބޯޅަ ލެޖެންޑު މެސީގެ ފަރާތުން ހާއްސަ ހަދިޔާއެއް ލިބިފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.

އެގޮތުން އޭނާއަށް ލިބިފައިވަނީ މެސީ ސޮއި ކޮށްފައިވާ ޖާރޒީއެކެވެ.

މޯހަންލާލް ވަނީ މިކަން ހިއްސާ ކުރުމުގެ ގޮތުން އެކްސްގައި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. އެ ވީޑިއޯއިން މެސީ އޭނާގެ ޖާރޒީގައި ސޮއި ކުރާތަން ފެނިގެން ދެއެވެ. އަދި އެ ޖާރޒީ ހިފަހައްޓައިގެން ނަގާފައިވާ ފޮޓޯއެއްވެސް އޭނާ ވަނީ އެކްސްގައި ހިއްސާ ކޮށްފައެވެ.

އެ ޕޯސްޓުގައި އޭނާ ލިޔެފައިވަނީ ދިރިއުޅުމުގައި ދިމާވާ ބައެއް ކަހަލަ ކަންކަން ބަޔާން ކުރާނެ ލަފްޒުތައް ހޯދަން އުނދަގޫވާކަމަށެވެ. އަދި މިއީ އެފަދަ ކަމެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

އޭނާ ބުނެފައިވަނީ އޭނާއަކީ މެސީގެ ވަރަށް ބޮޑު "ފޭނެއް" ކަމަށާއި، މިފަދަ ހަދިޔާއެއް ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި މިއީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމެއް ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު މޯހަންލާލް އެންމެ ފަހުން ފެނިފައިވަނީ "އެލް2: އެމްޕޫރާން" އިންނެވެ. މި ފިލްމު ނެރެފައިވަނީ މާރޗު 27 ގައެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެނިފައިވަނީ ޕްރިތިވިރާޖު ސުކުމާރަން އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން