ބ. އޭދަފުށީގައި ކުށް މަދުކުރަން ސީސީޓީވީ ކެމެރާ ހަރުކުރަން ފަށައިފި އެވެ.
އޭދަފުށީގައި އެންމެ ފުރަތަމަ ކެމެރާ ހަރު ކުރަނީ އެރަށު ބަނދަރު ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުންނެވެ. އަދި މި ކެމެރާތަކަކީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެކެވެ.
މިއީ ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލު ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތެކެވެ.
އެރަށުގައި ކެމެރާތައް ހަރުކުރަން އިއްޔެ ފެށިއިރު އެ މަސައްކަތުގެ ދަށުން މިހާރު އަންނަނީ ބަނދަރު ސަރަހައްދުގައި ފައިބަ ކޭބަލް އެޅުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިފަދަ ކަންކަން ކުރިއަށް ގެންދަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މުޖުތަމައުގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގެ ދަށުން އެކުލަވާލާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު