ކޯޓު އަމުރު ނެރުނަސް ކޮންމެ މައްސަލައެއްގައި އަންނައުނު ބާލައިގެން ފޮޓޯ ނުނަގާނެކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅު އެމްޑީޕީން މިދިޔަ މަހު ބޭއްވި އެއްވުމެއްގައި އެޕާޓީގެ ގައުމީ މަޖިލިހުގެ މެންބަރު، އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ހުރިހާ ތަނެއް ފޮޓޯ ނަގަން ވަނީ ކޯޓު އަމުރެއް ނެރެފަ އެެވެ.
އެ މައްސަލައިގައި ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު ފުލުހުން މިއަދު ބުނީ ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، އެފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ.
"ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ." ފުލުހުން އިތުރަށް ބުންޏެވެ.
މާޒް ސަލީމާއި މަންދީގެ ހަށިގަނޑު ފޮޓޯ ނަގަން ކޯޓުން އަމުރު ދިނުމުން އެމްޑީޕީން އެކަމަށް ފާޑު ކީ ނަމަވެސް އެއީ ހުރިހާ ސަރުކާރެއްގައި ވެސް އެކި މައްސަލަތަކުގެ ތަހުގީގަށް ފޮޓޯ ނަގަން ފުލުހުން ކޯޓު އަމުރު ހޯދައެވެ.

ކިޔުންތެރިންގެ ހިޔާލު