ބޮލީވުޑްގެ މަޝްހޫރު ތަރި ރާނީ މުކަރްޖީ ލީޑުން ފެނިގެންދާ ފްރެންޗައިސް "މަރްދާނީ" ގެ ތިންވަނަ ބައި ނެރޭ ދުވަސް ހާމަކޮށްފިއެވެ.
ޔަޝް ރާޖް ފިލްމްސްއިން ހާމަ ކޮށްފައިވާ ގޮތުގައި "މަރްދާނީ 3" ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު ފެބްރުއަރީ 27 ގައެވެ.
މި ފިލްމުގައިވެސް ރާނީ ފެނިގެންދާނީ މި ފްރެންޗައިސްގެ އެހެން ފިލްމުތަކެކޭ އެއްފަދައިން 'ޝިވާނީ ޝިވާންޖީ ރޯއި' ގެ ރޯލުންނެވެ. މިއީ ވަފާތެރި، އަދި ހިތްވަރުގަދަ ފުލުސް އޮފިސަރެކެވެ.
މި ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މީގެ ކުރިން ރާނީ ބުނެފައިވަނީ މިއީ މުޖްތަމައުގައި ކުއްތައް މަދުކުރުމަށްޓަކައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ ފުލުސް އޮފިސަރުންނަށް ދޭ ޓްރިބިއުޓެއް ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން މިމަހު ފަށާނެ ކަމަށްވެސް ރާނީ މީގެ ކުރިން ބުނެފައި ވެއެވެ.
2014 ގައި "މަރްދާނީ" ގެ ފުރަތަމަ ބައި ނެރުމާއެކު އެތައް ބައެއްގެ ތަރުހީބު ވަނީ މިއަށް ލިބިފައެވެ. އަދި މި ފްރެންޗައިސްގެ ދެވަނަ ބަޔަށްވެސް ހަމަ އެހާ ބޮޑު ތަރުހީބެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު