ބޮލީވުޑްގެ މަޝްހޫރު ތަރިން ތަމައްނާ ބާޓިއާއާއި ޖޯން އަބްރަހަމް އެކުގައި ބޮޑު ސްކްރީނުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ދެ ތަރިން އެންމެ ފަހުން އެކުގައި މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު އެކްޝަން ތުރިލާ ފިލްމު "ވެޑާ" ގައެވެ. މިފަހަރު މި ދެ ތަރިން އެކުގައި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ރޯހިތު ޝެޓީ ޑައިރެކްޓުކުރާ ފިލްމެއްގައެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މުމްބާއީގެ ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިޔާގެ ދިރިއުޅުމުގެ މައްޗަށެވެ. ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށް އުފައްދާ މި ފިލްމުގައި ރާކޭޝް ފުލުސް ފޯހުގައި ކުރިއަރައޮގޮސް، ރޭންކު މަތިކުރިގޮތް ހިމަނާފައިވާނެއެވެ.
މިޑް ޑޭގެ ރިޕޯޓެއްގައި ވާގޮތުގައި މި ފިލްމުގައި ތަމައްނާ ފެނިގެންދާނީ ރާކޭޝްގެ އަނބިމީހާގެ ރޯލުންނެވެ. ތަމައްނާގެ ރޯލަކީ މި ފިލްމުގެ ޖަޒުބާތުތައް ދައްކައި ދިނުމަށް މުހިންމު ދައުރެއް އަދާކުރާ ރޯލެއް ކަމަށް ރިޕޯޓުގައި ވެއެވެ. މި ފިލްމުގައި ޖޯން ފެނިގެންދާނީ ރާކޭޝްގެ ރޯލުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރިނަމަވެސް، ފިލްމުގެ ޝޫޓުތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ފިލްމުގެ ޝޫޓުތައް މުމްބާއީގައި ފަށާފައިވާއިރު، މުޅިއެކު 40 ތަނެއްގައި ޝޫޓުތައް ކުރެވޭނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2026 ގައެވެ.

ކިޔުންތެރިންގެ ހިޔާލު