ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން އާ މައްސަލަ ޖެހިގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ދޮގުކޮށްފިއެވެ.
ރޯހިތު އާއި ޝާހުރުކް ވަނީ މީގެ ކުރިން އެކުގައި 2 ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން "ޗެއްނާއީ އެކްސްޕްރެސް" އަށް ގިނަ ބައެއްގެ ތަރުހީބު ލިބި، ވަރަށް ހިޓު ފިލްމަކަށްވިއެވެ. ނަމަވެސް "ދިލްވާލޭ" އަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
"ދިލްވާލޭ" ގެ ނާކާމިޔާބީއަށްފަހު ރޯހިތު އާއި ޝާހުރުކް އާ ދެމެދު މައްސަލަތަކެއް ދިމާވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރޯހިތުއާ މިކަމާ ގުޅޭ ގޮތުން ސުވާލު ކުރެވުމުން އޭނާ ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ނުވާ ކަމަށެވެ.
އޭނާ ބުނީ ދިލްވާލޭ ގެ ނާކާމިޔާބީއަށްފަހުވެސް އެ ދެމީހުންގެ ދެމެދުގެ ގުޅުން ރަނގަޅު ކަމަށެވެ. އަދި އިންޑިއާގެ ސިނަމާގައި ދިލްވާލޭ ނާކާމިޔާބު ވީނަމަވެސް ބޭރުގެ ގައުމުތަކުން އެ ފިލްމު ބަލައިގަތް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރޯހިތު އިތުރަށް ބުނީ "ދިލްވާލޭ" އަށްފަހު އޭނާ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި މަސައްކަތް ކުރަން ފެށިކަމަށެވެ. އަދި އެހެން ހެދީ ފިލްމުތައް ނާކާމިޔާބު ވިޔަސް އެހެން މީހުންނަށް ގެއްލުން ނުލިބޭނެ ގޮތަށް ހެދުމަށް ކަމަށް ރޯހިތު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު