ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ގީތޫ މޯހަންދާސްގެ "ޓޮކްސިކު" ބޮކްސް އޮފީހުގައި ކްލޭޝް ނުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ލަވް އެންޑް ވޯގެ ލީޑުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރު އާއި، ވިކީ ކޯޝަލް އަދި އާލިޔާ ބަޓު އެވެ. ޓޮކްސިކުގެ ލީޑުން ފެނިގެންދާނީ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޔަޝްއެވެ. މި ދެ ފިލްމު އެއް ދުވަހަކު ނެރޭ ކަމަށް މީގެ ކުރިން ހާމަ ކޮށްފައިވާއިރު، މިއީ ފަހުގެ ޒަމާނެއްގައި ބޮކްސް އޮފީހުގައި ދިމާވި އެންމެ ބޮޑު ކްލޭޝް ކަމަށް މީޑިއާތަކުން މީގެ ކުރިން ރިޕޯޓު ކުރިއެވެ.
އެހެންނަމަވެސް މިހާރު މި ދެ ފިލްމު ކްލޭޝް ނުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ދާދި ފަހުން ރިޕޯޓު ކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވަނީ "ލަވް އެންޑް ވޯ" ގެ ޝޫޓުތައް ވަގުތަށް ފެށިނަމަވެސް، އެ ފިލްމު ޝެޑިއުލުން ކަޓާފައިވާ ކަމަށެވެ. އެހެންވެ، ޝޫޓިން ނިމޭނީ ލަފާ ކުރިވަރަށްވުރެ ފަހުން ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި މިކަމުގެ ސަބަބުން ފިލްމު ނެރޭ ދުވަސް ފަސްކުރަން ޖެހިފައިވާ ކަމަށްވެސް ބޮލީވުޑް ހަންގާމާގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ބަދަލުތައް އައި ފަހުން ފިލްމު ނެރޭ ދުވަސް އަދި ހާމައެއް ނުކުރެއެވެ. ލަފާ ކުރެވޭ ގޮތުގައި "ލަވް އެންޑް ވާ" ދެން ނެރޭނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު