އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)، އަދި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެން އެ ސިޓީގައި ބާއްވަން ނިންމާފައިވާ ހެލްތު ކޭމްޕު މާދަމާ ފަށާނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕު ބާއްވަން ހަމަޖެހިފަނީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައެވެ. އެއީ މަރަދޫ ހެލްތު ސެންޓަރު، އައްޑޫ ހައި ސްކޫލް އަދި ހުޅުމީދޫ ހެލްތު ސެންޓަރެވެ.
މި ކޭމްޕާ ގުޅޭ ގޮތުން "ރަސް" އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީގެ އ.ތ.މ. ކޮމިޓީގެ ރައީސާ ނުސްރަތު ރަޝީދު ވިދާޅުވީ މި ކޭމްޕަކީ ޕްރިވެންޓިވް ހެލްތު ކެއާގެ މުހިންމުކަމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. އަދި މި ކޭމްޕު ކުރިއަށްގެންދަނީ އައްޑޫގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގެ އެހީއާއެކު ކަމަށްވެސް ނުސްރަތު ވަނީ ފާހަގަ ކޮށްފައެވެ.
އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، ފިޓްނެސް އިންސްޓްރަކްޓަރުންނާއި، ޑައިޓީޝަނުންގެ އެހީއާއެކު ކުރިއަށްގެންދާ މި ކޭމްޕުގައި ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ހަކުރު ބެލުން
- ލޭގެ ޕްރެޝަރު ބެލުން
- ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ބެލުން
- ކެންސަރ އެވެއަރނެސް
- ގާތުން ކިރު ދިނުމުގެ މުހިންމު ކަން
- އަލްޒައިމާސްއާ ބެހޭ މައުލޫމާތު ސެޝަން
- ޔޯގާ އާއި ވެލްނެސް ސެޝަން
- ކުޑަކުދިންގެ ސިއްހީ މައުލޫމާތު ފޯރުކޮށްދިނުން
- މިންހެޔޮ ކެއުމާ ގުޅޭ ގޮތުން އިރުޝާދު ދިނުން
- މެންޓަލް ހެލްތު އެވެއަނެސް
މި ކޭމްޕު މާދަމާ ފަށާއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ (މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ) ރައްޔިތުންނަށް އަމާޒު ކޮށްގެން ބާއްވާ ކޭމްޕު އޮންނާނީ މަރަދޫ ހެލްތު ސެންޓަރުގައެވެ. މި ކޭމްޕް އޮންނާނީ މާދަމާ 14:00 އިން 18:00 އަށް އަދި 20:15 އިން 22:00 އަށެވެ.
ދެވަނަ ކޭމްޕު އޮންނާނީ އައްޑޫ ހައި ސްކޫލުގައެވެ. މި ކޭމްޕު އޮންނާނީ އެޕްރިލް 25 ގެ 14:00 އިން 18:00 އަށް އަދި 20:15 އިން 22:00 އަށެވެ. މިއީ ހިތަދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ކޭމްޕެކެވެ.
ތިންވަނަ ކޭމްޕު އޮންނާނީ ހުޅުމީދޫ ހެލްތު ސެންޓަރުގައެވެ. މި ކޭމްޕު އޮންނާނީ އެޕްރިލް 26 ގެ 14:00 އިން 18:00 އަށެވެ. މިއީ ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ކޭމްޕެކެވެ.
ނުސްރަތު ވިދާޅުވީ މި ހެލްތު ކޭމްޕަކީ ހަމަ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހިންގާ ކޭމްޕެއް ކަމަށެވެ.
އަދި މި ކޭމްޕުގައި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ސްޓޯލްތަކެއް ވާކަންވެސް ނުސްރަތު ފާހަގަކުރިއެވެ. މި ސްޓޯލުތަކުގައި ސިއްހަތާ ކުޑަކުދިން ހޭލުންތެރި ކުރުވާފަދަ ގޭމްތަކެއް ހިމެނޭއިރު، ވަކިވަރަކަށް ގޭމުތަކުގައި ބައިވެރިވުމުން އެކުދިންނަށް އިނާމުތަކެއްވެސް ލިބޭނެ ކަމަށް ނުސްރާ ފާހަގަ ކުރެއްވިއެވެ.
މީހެ އިތުރުން ކޮންމެ ކޭމްޕެއްގައިވެސް ބައިވެރިވާ އެންމެންގެެ މެދުގައި ގުރުއަތު ނަގައި، ގުރުއަތުން ހޮވޭ 3 ފަރާތަކަށް ސިއްހަތާ ގުޅުންހުރި އިނާމެއް ދެވޭނެ ކަމަށްވެސް ނުސްރާ ވިދާޅުވިއެވެ.
މިއީ އައްޑޫސިޓީގައި މިކަހަލަ ބޮޑު ހެލްތު ކޭމްޕެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު