ނެޓްފްލިކްސް އޮރިޖިނަލް ސީރީސްއެއް ކަމަށްވާ "ދަ ރޯޔަލްސް" ގެ ޓްރެއިލާ ނެރެފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ވާގޮތުގައި މި ސީރީސް އަކީ "ރޯޔަލް ރޮމް ކޮމް" އެކެވެ. މި ސީރީސްގައި ޝާހީ އާއިލާތަކުގައި ހިނގާ ތަފާތު އެކި ކަންތައް ޒަމާނީ ސްޓައިލެއްގައި ގެނެސްދޭނެ ކަމަށް ރިޕޯޓުގަައި ވެއެވެ.
މި ސީރީސްގެ ލީޑުން ފެނިގެންދާނީ ބޫމީ ޕެޑްނެކާރުއާއި އިޝާން ކައްތަރު އެވެ. މި ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ސަޅި ކަމަށް ގިނަ މީހުން އެއްބަސްވެއެވެ. މި ސީރީސްގެ ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ޒީނަތު އަމާން، ޝާކްޝީ ތަންވަރު، ނޯރާ ފަތޭހީ، ޑިނޯ މޯރިއާ، މިލިންދު ސޯނަމް، ޗަންކީ ޕާންޑޭ އަދި ވިހާން ސަމިތު އެވެ.
"ދަ ރޯޔަލްސް" ޑައިރެކްޓު ކުރާނީ ނުޕޫރު އާސްތާނާއާއި ޕްރިޔަންކާ ގޯސްއެވެ.
ސީރީސްގެ ޓްރެއިލާ އަދި ލަވަތަކަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ސީރީސް ނެރުމަށް ހަމަޖެހިފައިވަނީ މޭއި 9 ގައެވެ.

ކިޔުންތެރިންގެ ހިޔާލު