ޝާހުރުކް ޚާން
ޝާހުރުކް ޚާން
ޖައްމު ކަޝްމީރުގެ ފަހަލްގާމްގައި ދިން ޓެރަރިސްޓު ހަމަލާ، ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން ހަރުއަޑުން ކުށްވެރި ކޮށްފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނީ ޕަހަލްގާމްގައި ހިނގާފައިވާ މި އިންސާނިއްޔަތުކަމެއް ނެތް، އަނިޔާވެރި އަދި ޣައްދާރުވެރި ހަމަލާގެ ސަބަބުން ހިތުގައި އުފެދިފައިވާ ހިތާމައާއި ރުޅިވެރިކަން ބަޔާން ކޮށްދޭންވެސް އުނދަގޫވާ ކަމަށެވެ.

ޝާހުރުކް ބުނީ މިފަދަ ދަނޑިވަޅެއްގައި ކުރެވޭނެ ކަމަކީ އަނިޔާ ލިބުނު ޢާއިލާތަކަށްޓަކައި ދުޢާއެއް ކޮށް އެ ފަރާތްތަކުގެ ހިތާމާގައި ބައިވެރިވުން ކަމަށެވެ.

އަދި އެންމެން އެއްބައިވަންތަކަމާއެކު ވަރުގަދައަށް ތެދުވެ، މި ނުބައި އަމަލާ ދެކޮޅަށް އަދުލު އިންސާފު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝާހުރުކްގެ އިތުރުން ބޮލީވުޑްގެ ވަރަށް ގިނަ ތަރިންވެސް ވަނީ މި ހިތާމަވެރި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، ރަވީނާ ޓެންޑަން އަދި ސޯނީ ސޫދު ހިމެނެއެވެ.

މި ހާދިސާގެ ސަބަބުން އިންޑިއާގެ އެތައް ބަޔަކަށް ވަނީ ސިހުން ލިބިފައެވެ. އަދި މި ހާދިސާގެ ސަބަބުން އެ ސަރަހަައްދުގެ ސެކިއުރިޓީއާ މެދުވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން