މެމްބަރު މީކާއީލް---
މެމްބަރު މީކާއީލް---
މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ދެ ވަޒީރަކާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލައިގައި މީކާއިލް ހުށަހެޅުއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ސުވާލު ކުރެއްވުމަށެވެ.

މީކާއިލް މިނިސްޓަރު އައިޝަތުއަށް ހުށަހެޅުއްވި ސުވާލުގައި އެދިވަޑައިގެންނެވީ އަންހެން ކުއްޖާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމުގައި ލަސްކުރި ސަބަބު ސާފުކޮށްދެއްވުމަށެވެ.

ހޯމް މިނިސްޓަރަށް ހުށަހެޅުއްވި ސުވާލުގައި ވަނީ އެއްބާވަތެއްގެ މައްސަލަތަކުގައި ގޭގެ ނަމާއި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭ ސަބަބު ސާފުކޮށްދިނުމަށް އެދިފަ އެވެ.

ވެއްޓުނު އަންހެން ކުއްޖާ ވެންޓިލޭޓަރުން މިހާރު ވަނީ ނަގައިފަ އެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ އިރު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ވެސް ދަނީ ގޮވާލަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން