"އަބީރު ގުލާލު" ގެ ޕޯސްޓަރު
"އަބީރު ގުލާލު" ގެ ޕޯސްޓަރު
ބޮލީވުޑްްގައިވެސް މީގެ ކުރިން މަސައްކަތް ކޮށްފައިވާ ޕާކިސްތާނުގެ ތަރި ފަވާދު ޚާން ގެ ކުރިއަށް އޮތް ފިލްމު "އަބީރު ގުލާލު" އިންޑިއާއިން ބޭން ކޮށްފިއެވެ.

އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިއާގެ ޕަހާލްގަމްއަށް ދިން ޓެރަރިސްޓު ހަމަލާތަކުގެ ސަބަބުން "އަބީރު ގުލާލު" އިންޑިއާގައި އެޅުވުން މަނާ ކޮށްފައިވާ ކަމަށެވެ. މިއީ ގިނަ ދުވަސްތަކަކަށް ބޮލީވުޑާ ދުރުގައި ހުރުމަށްފަހު ފަވާދު ބޮލީވުޑުގެ ފިލްމަކުން ފެނިގެންދާ ފަހަރު ކަމަށް ރިޕޯޓުގައި ވެއެވެ.

ކަޝްމީރު އަދި ޖައްމޫގައި ދިން ޓެރަރިސްޓު ހަމަލާއަަކީ ފަހުގެ ޒަމާނެއްގައި އިންޑިއާގައި ދީފައިވާ މިފަދަ އެންމެ ބޮޑު ހަމަލާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މި ސަބަބާހުރެ ގިނަ ފަރާތްތަކުން ވަނީ ޕާކިސްތާނުގެ ތަރި ފަވާދު ޚާން ބޮއިކޮޓު ކުރުމަށްވެސް ގޮވާލާފައެވެ.

އަދި އިންޑިއާގެ ބްރޯޑްކާސްޓިން މިނިސްޓްރީން ވެސް ވަނީ އެގައުމުގައި "އަބީރު ގުލާލު" ނެރުން މަޑު ޖައްސުވާލާފައެވެ. ފަވާދުގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ ލަވަކިޔުންތެރިންނާއި، އެކްޓަރުންނާއި އަދި މި ނޫނަސް އެ ދާއިރާގައި މަސައްކަތް ކުރާ އެންމެންވެސް "ބޮއިކޮޓް" ކުރުމަަށް އިންޑިއާއިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން