ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީއެއް ހަދައިފި އެވެ. މި ސަރޖަރީ ހަދާފައި ވަނީ އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށްދާ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕެއްގެ ތެރެއިންނެވެ.

މި ކޭމްޕުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި (އައިޖީއެމްއެޗް) މަސައްކަތްކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. މި ޓީމުގައި ޖުމުލަ އަށް ޑޮކްޓަރުން ހިމެނެއެވެ.

ކޭމްޕުގައި ހަރަކާތްތެރިވާ ޑރ. އުބައިދުﷲ ވިދާޅުވީ، އެ ޓީމުގެ ދަށުން ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު ސަރޖަރީތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޭމްޕުގައި ބައިވެރިވެފައިވާ ޑޮކްޓަރުންގެ ތެރޭގައި ގޮހޮރުގެ އަދި ބެރިއަޓްރިކް ސަރޖަރީގެ ޚާއްޞަ ޑޮކްޓަރު އާއިޝަތު އަޒުނާ، އާންމު އަދި ލެޕްރޮސްކޯޕިކް ސަރޖަރީގެ ޚާއްޞަ ޑޮކްޓަރު އަބްދުﷲ އުބައިދު، ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު ވަޙީދު، އަދި ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރު މުޙައްމަދު ޝިފާން ހިމެނެއެވެ.

މީގެ އިތުރުން، ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ އާރިފް، ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަބްދުﷲ އަދްޡަރު، އަދި ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރު އަސްއަދު މުޙައްމަދު ޝަހީދު ވެސް މި ކޭމްޕުގައި ބައިވެރިވެފައިވެއެވެ.

މި ކޭމްޕަކީ ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މިފަދަ ކޭމްކޭމްޕްތަކުން ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ލިބި، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން