2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ބޭނުންކުރި ‘ބިރަކާނުލާ’ މޮޓޯގެ ބޭނުމަކީ ކެރިގެން ކަންކަމާ ކުރިމަތިލުމަށް ޒުވާނުންނަށް ހިތްވަރުދިނުން ކަމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ދިފާޢީ ވަޒީރު އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
އަމީން މިމޭރުމުން ވިދާޅުވެފައިވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގެ ޒިންމާ އުފުލަންޖެހޭނީ ޒުވާނުންނަށް ބިރަކާނުލާ މަޖާކުރުމަށް ހިތްވަރުދިން މީހުންކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެގޮތުން ޑިމޮކްރެޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވެފައިވަނީ ބިރަކާނުލާ މަޖާކުރުމަކީ ޑިކްޓޭރަރުން ބިރުގަންނަ ބަހެއް ކަމަށެވެ. އަދި ބިރަކާނުލާ މަޖާކުރުމުގެ މޮޓޯގެ ދަށުން 2013ގެ ކެމްޕޭންގައި އެމްޑީޕީން ފުވައްމުލަކުގައި ޑައިވް އިވެންޓެއް ބޭއްވި ކަމަށާއި މިހާރު ފުވައްމުލައް ވަނީ މުޅި ދުނިޔޭގައިވެސް ޑައިވިންގެ ހޮޓް ސްޕޮޓަކަށް ވެފައިކަމަށް އަމީން ވިދާޅުވެފައިވެއެވެ.
“މުއިއްޒު އެބަ ބިރުފުޅުގަނޭ ޒުވާނުން އަޑުއުފުލާތީ. ދެރަކަމަކީ ރައީސް މުއިއްޒު ނެންގެވީ އޭގެ ނުބައި މާނައެއް. އެމްޑީޕީގައި ރައީސް ނަޝީދުވެސް ހުންނަވައިގެން ބިރަކާނުލާ އެ މޯޓޯ ހިފައިގެން އަޅުގަނޑުމެން ނުކުތީ އޭރުގެ ޒުވާނުންނަށް ކަންކަމުގަ ކެރިގެން ނުކުތުމަށް މަގުފަހިކޮށްދޭން." އަމީން ފައިސަލް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވިދާޅުވީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލައިން ހައްވާ ޔުމްނު ރަޝީދު ޖެހިގެން ހުރި ހ. މިޓާޒް ގޭގެ ގުދަނުގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ކުރެއްވުން ކުށްވެރި ކުރަށްވާ ކަމަށެވެ.
އޭގެއިތުރުން އިންތި ވިދާޅުވީ ބިރަކާނުލާ މަޖާކުރުމުގެ މަފުހޫމަކީ ޒުވާނުންނާއި އެހެން އެންމެނަށް ވެސް އާޓިސްޓިކް ފްރީޑަމް އާއި ކްރިއޭޓިވް ފްރީޑަމް ލިބެން ޖެހޭނެކަން ޔަގީންކުރުމާއި ޒުވާނުން ބާރުވެރިކުރުން ކަމަށެވެ.
“އޭރު އެ ހުށަހެޅި ހެށަހެޅުންތަކާ އެކު މެނިފެސްޓޯއަށް 105،000 މީހުންގެ ވޯޓު ވެސް ލިބުނު.” އިމްތިޔާޒު މިއަދު ވިދާޅުވިއެވެ.
އޭގެއިތުރުން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވާ ކަމަށާއި، ޔުމްނުގެ މައްސަލާގައި ޒުވާނުން ކުރާ މުޒާހަރާ ސިޔާސީކޮށް އެކަމުގެ ތެރެއަށް ޑިމޮކްރެޓުން ނުވަންނާނެ ކަމަށްވެސް ޑިމޮކްރެޓުން މިއަދުވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު