ސިދާތު މަލޯތުރާ އާއި ތަމައްނާ ބާޓިއާ، ގޫގުލް އިމޭޖެސް
ސިދާތު މަލޯތުރާ އާއި ތަމައްނާ ބާޓިއާ، ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރިން ސިދާތު މަލޯތުރާ އާއި ތަމައްނާ ބާޓިއާ އެކުގައި ބޮޑު ސްކްރީނުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ ސިދާތުގެ ކުރިއަށް އޮތް ފިލްމު "ވީވީއޭއެން: ފޯސް އޮފް ދަ ފޮރެސްޓު" އިން އޭނާއާއެކު ތަމައްނާ ފެނިގެންދާނެ ކަމަށެވެ. މި ފިލްމަކީ ފުލޯކު ތުރިލާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ސިދާތު އާއި ތަމައްނާ ޑިކްޝަން ޓްރެއިނިން ވަރަށް އަވަހަށް ފަށާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މި ފިލްމު ޝޫޓު ކުރެވިގެންދާނީ އަސްލު ތަންތަނުގައި ކަމުން، މިހާރު ފިލްމު ޝޫޓު ކުރަންވީ ޖަންގަލިތައް ކަނޑައެޅުމުގެ މަސައްކަތް ފިލްމުގެ އުފެއްދުންތެރިން ކުރަމުންދާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ފިލްމުގެ ޝޫޓިން މިއަހަރު ޖޫން މަހު ފަށާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

ތަމައްނާ ވަނީ އަހަރުގެ މިހާތަނަށް ގިނަ ފިލްމުތަކެއްގައި ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި "ރޭންޖާ" އަދި "ނޯ އެންޓްރީ 2" ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން