ފިލްމީ ދާއިރާގައި ކާމިޔާބު ތަރިއަކަށްވުމަށް ކުރި ދިގު އިންތިޒާރުގައި ގިނަ ކަންތަކެއް ދަސްވިކަަމަށް ބޮލީވުޑްގެ ތަރި ޖެއިދީޕް އަހްލަވަޓު ބުނެފިއެވެ.
ދާދި ފަހުން އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ޖެއިދީޕް ބުނީ ފިލްމީ ދާއިރާގަައި ކުރިއަރަން ގަދައަޅައި މަސައްކަތް ކުރަމުންދާ ކޮންމެ ތަރިއަކަށްވެސް، އެންމެ އުނދަގޫ ކަމަކަށް ވާނީ ކާމިޔާބީއަށް ވާސިލް ވެވޭނެ ދުވަހަކަށް އިންތިޒާރު ކުރުން ކަމަށެވެ.
މީހުންގެ ލޮލުގައި އަޅައިގަންނަ ފަދަ މީހަކަށްވެވޭތޯ ކުރެވޭ އިންތިޒާރުގައި ގިނަ ކަންތައްތަކެއް ދަސްވެގެންދާ ކަމަށް ޖެއިދީޕް ވަނީ ބުނެފައެވެ. އޭނާ ބުނީ ކާމިޔާބީއަށް ވާސިލް ވެވޭނީ ކިތައްމެ ގިނައިން "ރިޖެކްޝަން" ލިބުނު ނަމަވެސް، އަބަދުވެސް ހިތްވަރުދެރަނުކޮށް އެކަމަށްޓަަކައި މަސައްކަތް ކުރުމުން ކަމަށެވެ.
ޖެއިދީޕް އިތުރަށް ބުނީ މީހުން އޭނާއަށް ތައުރީފް ކުރުމުން އަދިވެސް ބައެއް ފަހަރު ހައިރާން ވާ ކަމަށެވެ. އަދި މީހުންގެ ތައުރީފުތަކާއި ޕްރެޝަރުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށްވެސް ޖެއިދީޕް ވަނީ ބުނެފައެވެ.
ޖެއިދީޕް އެންމެ ފަހުން ފެނިފައިވަނީ މިމަހު 25 ނެޓްފްލިކްސް އަށް ނެރުނު "ޖުވެލް ތީފް" އިންނެވެ. މި ފިލްމުގެ ލީޑުން އޭނާއާއެކު ފެންނާނީ ސައިފް އަލީ ޚާން އެވެ.

ކިޔުންތެރިންގެ ހިޔާލު