ޒުވާނުން ވާންވީ މުޖުތަމަޢަށް ފައިދާހުރި ހެޔޮކަންކަމުގައި އަވަދިނެތިއުޅޭ ބަޔަކަށް ކަމަށް ދީނީ އިލްމުވެރިޔާ އަދި ޖަމިއްޔަތުއް ޞަލަފްގެ ނައިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަފްތާބަންދުގައި ޕާޓީކުރުމާއި އެތަކެއް މުންކަރާތްތަކެއް ހިނގަމުންދާކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި ޝައިޙް ސަމީރު ވިދާޅުވީ ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި ޒިންމާދާރު މަސައްކަތްތައް ކުރުމުގައި ޝާމިލުވެގެން އުޅޭ ބަޔަކަށް ވުމަކީ އެންމެންވެސް ބޭނުންވާ ގޮތް ކަމަށެވެ.
އެގޮތުން އދ. ދަނގެތީ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގެ ޒުވާނުންގެ މަސައްކަތުން ބިނާކޮށްފައިވާ ފާލަމެއްގެ ވީޑިއޯ ޝައިޚް ވަނީ މީސްމީޑީއާގައި ޙިއްސާ ކުރަށްވާފައެވެ.
“6.7 މިލިއަން ރުފިޔާގެ އަގުހުރި މިފާލަން ޒުވާނުންގެ މަސައްކަތުން އަޅާފައި މިވަނީ ގާތްގަނޑަކަށް 2 މިލިއަން ރުފިޔާއަށް! ޒުވާނުން ވާންވީ މިފަދަ ނަމޫނާ ބަޔަކަށް.” ޝައިޚް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޝައިޚް ވަނީ ޒުވާނުންނަކީ މައިންބަފައިންގެ ލޯތަކަށް ފިނިކަން ގެނެސްދޭފަދަ ހެޔޮކަންކަމުގައި އަވަދިނެތި އުޅޭ ބަޔަކަށް ވުމަށް އެދިވަޑައިގެން ދުޢާ ކުރަށްވާފައެވެ.
ޝައިޚް މިމޭރުމުން ޒުވާނުންނަށް މެސެޖެއް ދެއްވާފައިވާއިރު މާލޭގައި މިދިޔަ ހަފްތާގައި ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޒުވާނަކު ވަނީ ވެއްޓިފައެވެ. އަދި އެކަމުގެ ފަރުދާގެ ފުރަގަހުގައި ގޮތްނޭންގޭ ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު