ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ޑިޒައިންކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
އައިއޭއެސް އިން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ހައުސިން މަޝްރޫއުގެ ޑިޒައިން މަރުހަލާ ކުރިއަށް ގެންދިއުމަށް ބޭނުންވަނީ މިފަދަ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ، ފެންވަރު ރަނގަޅު ކުންފުނިތަކެކެވެ. އެހެންކަމުން، ޝަރުތު ހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި މަސައްކަތަށް ޝައުގުވެރިކަން ހުރި ކުންފނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އަދި މި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 17 ވަނަ ދުވަހެވެ.
މި އިއުލާނާއެކު އައިއޭއެސް އިން އާންމުކޮށްފައިވާ ޑްރޯވިން ގައިޑްލައިނުން ދައްކާ ގޮތުގައި، ގައުމީ އެއާލައިންގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަނީ 20،819 އަކަފޫޓުގެ ބިމެކެވެ. މިއީ އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެ މުހިންމު މަޝްރޫއެކެވެ.
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުން މީގެ ކުރިން ވެސް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ފްލެޓް އެޅުމުގެ ކާމިޔާބު މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އައިއޭއެސްގެ މި އިސްނެގުމަކީ ވެސް މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ އަދި ވަށައިޖެހޭ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫއުތަކަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ތިން ބިލިއަން ރުފިޔާ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު