މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ނިންމައިފި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފަ އެވެ.
އެގޮތުން ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިހާރުވެސް އެމްޓީސީސީން ދަނީ މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްްކަތް ކުރަމުން ނެވެ. އެގޮތުން އެ މަސައްކަތް މިހާރު ނިމެން ވަނީ ކައިރިވެފަ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ، ހިދުމަތް ދޭން ފެށީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައެވެ.
އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި 60 މިލިއަން ޑޮލަރު ހޭދަކޮށްގެން މާފަރު އެއަރޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު