ރަޖްނީކާންތު، ފޮޓޯ: ދަ ޓެލެންޓެޑް އިންޑިއަން
ރަޖްނީކާންތު، ފޮޓޯ: ދަ ޓެލެންޓެޑް އިންޑިއަން
އިންޑިއާގެ ސައުތު ސިނަމާގެ މެގަ ސްޓާރ ރަޖްނީކާންތު އިކޮނޮމީގައި ދަތުރު ކުރުމުން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ދާދި ފަހުން ރަޖްނީކާންތު ވަނީ އިންޑިގޯ ފްލައިޓެއްގެ އިކޮނޮމީ ކްލާހުގައި ދަތުރު ކޮށްފައެވެ. މި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

ރިޕޯޓިތަކުގައި ވާގޮތުގައި ރަޖްނީކާންތު ފްލައިޓަށް އެރުމާއެކު އޭނާއާއެކު ދަތުރު ކުރެވޭތީ އޭނާގެ ފޭނުންވަނީ އެކަމުގެ އުފާ ފާޅުކޮށްފައެވެ. އަދި ރަޖްނީކާންތުވެސް އޭނާގެ ފޭނުންނާ ވާހަކަ ދައްކައި މުއާމަލާތު ކޮށްފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ރަޖްނީކާންތުގެ ފޭނުން އޭނާ ސިފަކޮށްފައިވަނީ ވަރަށް ހިތްތިރި އަދި ވަރަށް "ސިމްޕަލް" މީހެއްގެ ގޮތުގައެވެ.

މި ވީޑިއޯތައް ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ދަނީ އޭނާގެ ސީދާ ސާދާ ކަމަށް ތައުރީފް ކުރަމުންނެވެ. އަދި މަޝްހޫރު ތަރިންގެ ތެރެއިން މިހާ "ސިމްޕަލް" ދިރިއުޅުމެއް އުޅޭ ހަމައެކަނި ތަރިއަކީ ރަޖްނީކާންތު ކަމަށްވެސް ގިނަ ފަރާތްތަކަކުން ވަނީ ބުނެފައެވެ.

މިއީ މިގޮތަށް އިކޮނޮމީގައި އޭނާ ދަތުރު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ މިގޮތަށް ދަތުރުކޮށް އޭނާގެ ފޭނުން "ސަޕްރައިޒު" ކޮށްފައެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު ރަޖްނީކާންތު މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކޫލީ" ނެރުމަށެވެ. މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޝްރޫތީ ހަސަން އާއި ނަގަރްޖުނާ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން