ޓީކޫ ތަލްސާނިއާ
ޓީކޫ ތަލްސާނިއާ
ސްޓްރޯކެއް ޖެހުމުންވެސް އިންޑިއާގެ ފިލްމީ ސިނަމާގައި މަޝްހޫރު ތަރި ޓީކޫ ތަލްސާނިއާ ފިލްމީ ދާއިރާއާ ދުރަށް ގޮސްފައި ނުވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޓީކޫއަށް ސްޓްރޯކެއް ޖެހުނީ މިއަހަރު ޖެނުއަރީ މަހުއެވެ. އޭނާގެ ސަޕޯޓަރުން ހީކުރި ގޮތާ ހިލާފަށް ސްޓްރޯކަށްފަހުވެސް، ޓީކޫ މަސައްކަތާ ދުރަކަށް ގޮސްފައެއް ނުވެއެވެ.

ދާދި ފަހުން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޓީކޫ ވަނީ މި ހާދިސާއަށްފަހުވެސް 4 ފިލްމުގެ މަސައްކަތް ނިންމާފައިވާ ކަން ހާމަކޮށްފައެވެ. އެ އިންޓަވިއުގައި އޭނާ ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

ޓީކޫ އިތުރަށް ބުނީ އަނެއްކާވެސް އެނބުރި މަސައްކަތަށް އާދެވުނީތީ އުފާވާ ކަމަށެވެ.

މި އިންޓަވިއުގައި ޓީކޫ ވަނީ ސްޓްރޯކު ޖެހިގެން އުޅުނުއިރު އާއިލާއާއި ރަހްމަތްތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ވާހަކަ ފާހަގަކޮށް، އެ އެންމެންނަށް ޝުކުރު އަދާ ކޮށްފައެވެ.

ޓީކޫ ދެން އެންމެ އަވަހަށް ފެނިގެންދާނީ ގުޖަރާތީ ފިލްމު "ޖޭ މާތާޖީ ލެޓްސް ރޮކް" އިންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ކޮމެޑީ ރޯލަކުންނެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މެއި 9 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން