ސަލްމާން ޚާން
ސަލްމާން ޚާން
ޕަހަލްގާމްގެ ކަޝްމީރަށް ދާދި ފަހުން ދިން ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ސަލްމާން ޚާންގެ ޔޫކޭ ޓުއާ ފަސްކޮށްފިއެވެ.

އިނގިރޭސި ވިލާތުގައި ބާއްވަން ނިންމި "ބޮލީވުޑް ބިގް ވަން ޓުއާ" ގައި ސަލްމާނުއާއެކު ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ބައިވެެރިވާނެ ކަމަށް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސާރާ އަލީ ޚާން، ޓައިގާ ޝްރޮފް، ވަރުން ދަވަން، މާދުރީ ދިކްޝިތު، ކްރީތީ ސެނޮން، ސުނިލް ގްރޯވާރ، އަދި މަނީޝް ޕޯލް ހިމެެނެއެވެ.

މީގެ ކުރިން މި ޓުއާ ބޭއްވުމަށް ނިންމީ މެއި 4 އަދި 5 ގައެވެ.

އެހެންނަމަވެސް، ޕަހަލްގާމް އަަސް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ޓުއާ ލަސްކުރަން ނިންމާފައިވާ ކަމަށް ސަލްމާން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އަދި ގިނަ ބަޔަކު މި ޓުއާއަށް އިންތިޒާރު ކޮށްފައިވާތީ އޭނާ ވަނީ އެންމެންގެ ފަރާތުން މާފަށްވެސް އެދިފައެވެ.

ޓުއާ އަލުން ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށްވެސް ސަލްމާނުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މިމަހު 22 ވަނަ ދުވަހު ޕަހަލްގާމް އަށް ދިން ޓެރަރިސްޓު ހަަމަލާގައި 26 މީހުން ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން ސަލްމާނުގެ އިތުރުން ބައެއް ލަވަކިޔުންތެރިންވެސް ވަނީ އެމީހުންގެ ޓުއާތައް ކެންސަލް ކޮށްފައެވެ. އޭގެ ތެރޭގައި އަރިޖިތު ސިންގު އާއި ޝްރެޔާ ގޯޝަލް ހިމެެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން