ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު "އަންހެންވެރިންގެ ސައްލާ" ގެ ނަމުގައި އަލަށް ފެށި މަސައްކަތު ބައްދަލުވުން ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެ ފަށްޓަވައިދެއްވައިފިއެވެ.
މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައި އެ މަސައްކަތު ބައްދަލުވުން ފަށާފައިވާއިރު މި ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
59 މެންބަރުންނާ އެކު ފެށި މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވެއެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން ބުނީ އެ ސައްލާ ބޭއްވުމުގެ މަގްސަދަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އަދި މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި، އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާއި، ގުޅޭގޮތުންވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައި ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު