ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ސަރުކާރާއި ރާއްްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވެއްޖެއެވެ.
އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް އާއި ފަތުރުވެރިކަމުގެ ސިނާއަތުގެ 111 ކުންފުންޏެއްގެ 230 މަންދޫބުންގެ އިތުރުން ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހިމްވެސް ވަނީ މި ފެއަރ ގައި ބައިވެރިވަޑައިގަންނަވާފައެވެ.
ސަރުކާރުން ބުނީ މި ފެއަރ ގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި ބައްދަލުކޮށް މެދު އިރުމަތީގެ މާރކެޓަށް ރާއްޖެ އިސްތިހާރު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އިއްޔެއިން ފެށިގެން މެއި އެކެއްގެ ނިޔަލަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގެ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި ފެއަރ ކުރިއަށްދާނެ އެވެ. މި ފެއަރގައި އެމްއެމްޕީއާރްސީގެ އޮފިޝަލް އެއާލައިން ޕާޓްނަރަކީ ބިއޮންޑްއެވެ.
އޭޓީއެމް އަކީ މެދުއިރުމަތީގެ ބައިނަލްއަގްވާމީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މުހިއްމު ޕްލެޓްފޯމެކެވެ. މީގެ އިތުރުން، މި ފެއާއަކީ އިންބައުންޑް އަދި އައުޓްބައުންޑް ޕްރޮފެޝަނަލުންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އެކި ފަރާތްތަކަށް ދައްކާލާ، ދިގު މުއްދަތުގެ ޕާޓްނަޝިޕްތައް އުފެއްދުމަށް ބައިނަލްއަގްވާމީ ސްޓޭޖެއް ފޯރުކޮށްދޭ ފެއާއެކެވެ.

ކިޔުންތެރިންގެ ހިޔާލު