އިންޑިއާގެ ސައުތު ސިނަމާގެ އޯޑިއަންސްވެސް ބޮލީވުޑްގެ ފިލްމުތައް ބަލާކަމަށް ސައުތުގެ މަޝްހޫރު ތަރި ނާނީ ބުނެފިއެވެ.
ނާނީ މިހެން ބުނެފައިވަނީ ސައުތުގެ އޯޑިއެންސު ބޮލީވުޑްގެ ފިލްމުތައް ނުބަލާ ކަމަށް ސަލްމާނު ޚާން ބުނުމުން އެވާހަކަތަކަށް ރައްދު ދެމުންނެވެ.
އެގޮތުން ނާނީ ބުނެފައިވަނީ ސައުތު ސިނަމާ އުފެދިގެން އައީ މާ ފަހުން ކަމަށާއި، ބޮލީވުޑްގެ ފިލްމުތައް އަބަދުވެސް ސައުތުގެ އޯޑިއަންސުންވެސް ބަލާ ކަމަށެވެ. އޭނާ ބުނީ ސައުތަށް ލިބޭ ތަރުހީބު ލިބެން ފެށީ ވަރަށް ފަހުން ކަމަށެވެ.
ނާނީ އިތުރަށް ބުނީ ކޮންމެ މީހެއްގެ ގާތުންވެސް އެންމެ ކަމުދާ ފިލްމަކީ ކޮބައިހޭ އަހައިފިނަމަ ޖަވާބުގައި ބޮލީވުޑްގެ ހިންދީ ފިލްމެއްގެ ނަން ބުނާނެ ކަމަށެވެ. އަދި މިދުވަސްކޮޅު މީހުންނަށް ސައުތުގެ ފިލްމުތައް ކަމުދާނަމަވެސް، ބޮލީވުޑްގެ ފިލްމުތަަކަކީ އަބަދުވެސް މީހުންގެ މެދުގައި މަގުބޫލު ފިލްމުތަކެއް ކަމަށް ނާނީ ވަނީ ބުނެފައެވެ.
އަދި ސައުތުގެ ތަރުހީބު ނުލިބޭނަމަ ބޮލީވުޑްގެ ތަރިން ސުޕަސްޓާރުންނަށް ނުވެސް ވާނެ ކަމަށް ނާނީ ވަނީ ބުނެފައެވެ.
ނާނީ ދެން އެންމެ އަވަހަށް ފެންނާނީ "ހިޓު 3" އިންނެވެ. މި ފިލްމު ސިނަމާތަކަށް ނެރޭނީ މެއި 1 ގައެވެ.

ކިޔުންތެރިންގެ ހިޔާލު