ބަޖްރަންގީ ބައިޖާންގައި ސަލްމާން ޚާން
ބަޖްރަންގީ ބައިޖާންގައި ސަލްމާން ޚާން
ގިނަ ބައެއްގެެމެދުގައި މަގުބޫލުވި ފިލްމު "ބަޖްރަންގީ ބައިޖާން" ގެ ސީކުއެލް އެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގެ އިޝާރާތެއް މަޝްހޫރު ލިޔުންތެރިޔާ ވީ ވިޖެންދުރާ ޕްރަސާދު ކޮށްފިއެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ "ބަޖްރަންގީ ބައިޖާން 2" ގެ ސްކްރިޕްޓާ ބެހޭ ގޮތުން ފިލްމުގެ ލީޑު ތަރި ސަލްމާން ޚާން އާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސްކްރިޕްޓު ސަލްމާނު އަށްވެސް ކަމުދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންވެ، މި ފިލްމުގެ ސީކުއެލް އެއް ވަރަށް އަވަހަށް އުފައްދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވިޖެންދުރާ އާއި ސަލްމާނު އެކި ފަހަރުމަތިން ބައްދަލުވެފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ސަލްމާނު އެންމެ ފަހުން ފެނިފައިވަނީ "ސިކަންދަރު" އިންނެވެ. މި ފިލްމަކަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން