އެގްރިކަލްޗަރު މިނިސްޓަރު މާރިޔާ
އެގްރިކަލްޗަރު މިނިސްޓަރު މާރިޔާ
އިގުތިސާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ހިތްވަރުންކަމަށް އެގްރިކަލްޗަރު މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖެއްގައެވެ.

އެގޮތުން ދިވެހި މަސައްކަތްތެރިންނަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެން ފަހުރުވެރިވާފަދަ ގައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއެކު ކުރާ ބުރަ މަސައްކަތުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންނަށް ހާއްސަ ދުވަހެއްކަމުން މިއަދު ހުރިހާ މަސައްކަތްތެރިންނަވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އެއީ ކޮންމެހެން މިއަދު އެބޭފުޅުންނަށް ލިބިގެންވާ ހައްގެއްކަމަށްވެސް އެކަމަނާ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖެއްސަވައިފައެވެ.

ދުނިޔޭގެ އެހެނިހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މަސައްކަތްތެރިންގެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2011 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން