ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ލ. އިސްދޫގައި އެގްރޯފޮރެސްޓްރީ ދަނޑެއް ޤާއިމުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީއާއި އެ ރަށު ކައުންސިލާ ދެމެދު އިޤްރާރެއްގައި ސޮއިކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެގްރިކަލްޗަރ މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމާއެކު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މިގޮތުން އިސްދޫގައި ޤާއިމުކުރެވޭ މި ދަނޑުގައި މައިގަނޑު ގޮތެއްގައި އިންދައި ހައްދާނީ ރާއްޖޭގެ މާޙައުލާއި ތިމާވެށްޓާ ގުޅޭ ދިގު މުއްދަތުގެ ގަސްގަހާގެއްސާއި، ދަނޑުވެރިންނަށް ކުރު މުއްދަތެއްގެ ތެރޭގައި ނަފާ ލިބޭނެ ފަދަ ކާބޯތަކެތި ހިމެނޭ ބާވަތްތަކެވެ.
ރާއްޖެ ފެހިކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ކަނޑައެޅިފައިވާ 10 ރަށުގައި އެގްރޯފޮރެސްޓްރީ ތަރައްޤީކުރުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އަންނާނެ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ކަމަށް އެ މިނިސްޓްރީން ދެކެއެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އައު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު