މަސައްކަތްތެރިންގެ ހައްގުގައި މިއަދު ބޭއްވުމަށް މަސައްކަތްކުރި “މޭޑޭ ރެލީ”އަށް ފުލުހުން ހުރަސް އަޅައިފިއެވެ.
މި ހިނގާލުން ކުރިއަށް ގެންދިއުމަށް ރާވާފައި އޮތީ މާލޭ ރަސްފަންނު ސަރަހައްދުން ފަށައި މަޖީދީ މަގުން އިރަށްގޮސް އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ. ނަމަވެސް، ފުލުހުން ވަނީ ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު ގުޅުނު ސަރަޙައްދުގައި ބެރިކޭޑު ޖަހައި ރެލީއަށް ހުރަސް އަޅާފަ އެވެ.
މިކަމާގުޅިގެން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވީ މަސައްކަތްތެރިންގެ ހިނގާލުން މަޖީދީމަގުން ކުރިއަށް ގެންދިއުމަށް މީގެކުރިން ފުލުހުން ހުއްދަދީފައިވާ ކަމަށެވެ.
“ހިނގާލުން ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ފުލުހުން މިވަނީ މަގު ބަންދުކޮށް ހިނގާލުން ކުރިއަށްގެންދާން އޮތް 80 އިންސައްތަ މަގުތައް ބަންދުކޮށްފަ.” މައުރޫފް ވިދާޅުވެފައިވެއެވެ.
މިހިނގާލުން ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން ހިނގާލުމުގެ ބައިވެރިން ދަނީ ރަސްފަންނު ސަރަޙައްދުގައި އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.
އެގޮތުން ރިސޯޓު މަސައްކަތެރިންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދު ހެދުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން ގޮވައިލަމުންދާއިރު، ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލަމުން ދަނީ ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށެވެ.
އޭގެއިތުރުން ޕޯޓް ވޯޯކާސް ޔޫނިއަނުން އެމްޕީއެލްގައި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ދަނީ ގޮވައިލަމުންނެވެ.
މޭޑޭ ރެލީގައި މަސައްކަތްތެރިން ތަމްސީލުކުރާ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ގެންދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން، ޓީމް އަދި ޕޯޓް ވޯކާސް ޔޫނިއަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު