ސިވިލް ސާވިސް މުވައްޒަފުންގެ ގާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެއެވެ.
ސީއެސްސީގެ ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ.
އެގޮތުން އެ ޚިތާބުގައި ނާސިހު ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ހިދުމަތް ދިނިމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ހިދުމަތުގެ އާންމު މިންގަޑެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަނޑުވެސް ބޮޑުތަނުން އުފުލިފައިވާކަމަ ނާސިހު ވަނީ ވިދާޅުވެފައެވެ.
މި ސަބަބާހުރެ ސިވިލް ސަރވިސް މުއައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދީ މުއައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ނާސިހް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ނާސިހް ވިދާޅުވީ ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ހިދުމަތްތައް ދިނުމަށްޓަކައި، ހިދުމަތް ހޯދާ ފަރާތްތަކާ ކުރެވޭ މުއާމަލާތްތަކުގައި ސާފު، ސާދާ އަދި ދެފުށް ފެންނަ ގޮތްތައް ހިޔާރު ކުރަން ޖެހޭ ކަމަށެވެ. އަދި އެފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރުން މުހިންމުކަމަށްވެސް ނާސިހް ފާހަގަ ކުރެއްވިއެވެ.
ސިވިލް ސަރވިސްއަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރު ހިފޭ ޚިދުމަތަކަށް ހެދުމަށް ނާސިހް ވަނީ ހުރިހާ މަސައްކަތްތެރިންނަށްވެސް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު