ސިޔާސީ ސަބަބުތަކާހުރެ މަސައްކަތްތެރިންނަށް ދިމާވާ ތަފާތު އެކި ބޭއިންސާފުތައް ދިފާއުކުރުމުގެ ބަދަލުގައި، ވެރިކަމުގައި ތިބޭއިރު އެފަދަ ކަންކަން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ހިއްސާ ކުރެއްވު ޕޯސްޓެއްގައި އަޒާން ވިދާޅުވީ މިއަދު މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، މަސައްކަތްތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އަށަގެންފައި އޮތް ގޯސް އާދައެއް ކަމުގައިވާ، ސިޔާސީ ސަބަބުތަކަށްޓަކައި މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ބޭއިންސާފާއި ތަފާތުކުރުންތަކާއި ގޮންޖެހުންތައް ނައްތާލެވިފައި ނުވުން ކަމަށެވެ.
އޭނާ ވިދާޅުވީ ހަމައެކަނި ހިތަދޫއަށް ބަލާލިޔަސް ފާއިތުވި 10 އަހަރު ދުވަހު ވެސް، އަދި މިއަދުވެސް މިފެންނަނީ މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިން ބޭއިންސާފާއި، ތަފާތުކުރުންތަކާއި އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާތަން ކަމަށެވެ.
"ވެރިކަމުގައި ތިބޭއިރު މިފަދަ ކަންކަން ދިފާއުކުރުމުގެ ބަދަލުގައި ނިޒާމުގައި ތެރޭގައި ހުންނަ މިފަދަ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަންޖެހޭ." އަޒާން ވިދާޅުވިއެވެ.
ސިޔާސީ ސަބަބަކާހުރެ އައްޑޫސިޓީގެ ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލަ އިއްޔެ ވަނީ ފެންމަތިވެފައެވެ. އިދިކޮޅު އެމްޑީޕީން ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

މިއަދު މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު، މަސައްކަތްތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އަށަގެންފައި އޮތް ގޯސް އާދައެއް ކަމުގައިވާ، ސިޔާސީ ސަބަބުތަކަށްޓަކައި މަސައްކަތްތެރިންނަށް މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ…
— Ahmed Azaan (@axanner) May 1, 2025
ސިޔާސީ ސަބަބަކާހުރެ އައްޑޫސިޓީގެ ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލަ އިއްޔެ ވަނީ ފެންމަތިވެފައެވެ. އިދިކޮޅު އެމްޑީޕީން ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު