މަސައްކަތްތެރިންނަށް އުޖޫރައިގެ ހަމަހަމަކަން ޤާއިމް ކޮށްދިނުމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ފޮނުއްވަމުން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ މަސައްކަތްތެރިންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ޙައްޤުތައް ކަށަވަރުވާން ޖެހޭ ކަމަށެވެ.
އެގޮތުން އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށްވެސް އަސާސީ ހައްޤުތައް ޔަޤީންކުރެވި، މުސާރައިގެ ހަމަހަމަކަން ލިބުމަކީ ރާއްޖެއަށް މިއަދު ނުހަނު ބޭނުންތެރިކަމެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
“ޕޭހާމަނައިޒްވެ ކޮންމެ މަސައްކަތްތެރިއެއްގެވެސް މަސައްކަތާ، ތަޢުލީމާ ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް. އުޖޫރާއިގެ ހަމަހަމަކަމާ މިނިވަންކަމަށް ގޮވާލަން.” ޝާހިދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޝާހިދު ވަނީ މިސަރުކާރުގައި، ތަކެތީގެ އަގު އުފުލުމާއި، މަސައްކަތްތެރީންގެ ރައްކާތެރިކަމާއި މިނިވަންކަން ހަނިވުމުގެ މައްސަލައާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ދަތިތަކާއެކުވެސް ގައުމު ކުރިއަށް ގެންދިއުމުގައި މަސައްކަތްތެރިން ކުރަމުންދާ ހިތްވަރަށް ޝާހިދު ތަޢުރީފް ކުރަށްވާފައިވެއެވެ.
ހަމައެހެންމެ ސިވިލް ސާވިސް މުވައްޒަފުންގެ އުޖޫރަ ދިނުމުގައި ގެންގުޅޭ ބޯދާ އުސޫލުތައް ދޫކޮށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާން ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރަން މަސައްކަތްކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުގައި ވަނީ މަސައްކަތްތެރިންނަށް ލިބިދޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު