ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް
ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް
ވަކި ޕާޓީއެއްގެ މެންބަރަކަށްވީތީ ވަޒީފާއިން ވަކިކުރުން ބަލައި ނުގަނެވޭ ކަމަށް ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތެއްގައި އުޅުނު ވެމްކޯގެ އައްޑޫ ހިތަދޫ ބްރާންޗްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު އިއްޔެ ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފައިސަލް ވިދާޅުވީ ވަކި ޕާޓީއެއްގެ މެމްބަރަކަށް ވީތީ ވަޒީފާއިން ވަކިކުރުން ބަލައެއް ނުގަނެވޭ ކަމަށެވެ. އޭގެއިތުރުން ކޮންމެ މުވައްޒަފަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އުޖޫރައަކާއި ރައްކާތެރި މަސައްކަތުގެ މާހައުލަކާއި ހިޔާލުފާޅުކުރުމުގެ ޙައްޤު ކަށަވަރުވާންޖެހޭ ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.



ފައިސަލް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޙަރަކާތެއްގައި އުޅުނު ހިތަދޫ ވެމްކޯ ބްރާންޗްގެ މެނޭޖަރ މޫސާ މުހައްމަދާއި ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު އަފްޒަލް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ފައިސަލްގެ އިތުރުން ވެމްކޯގެ ދެ މުވައްޒަފުން ވަކިކުރުމުން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން