އިންޑިއާގައި މިހާރު ކުރިއަށްދާ މިއުޒިކް ރިއަލިޓީ ޝޯ "ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގައި ދުނިޔޭގެ މޮޅެތި ބޭންޑުތަކާ ވާދަކޮށް "ޓޫ އޮފް އަސް" ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.
ދިވެހި ބޭންޑު "ޓޫ އޮފް އަސް" އިން މި ޝޯގައި މިހާތަނަށް ހުށަހެޅި ކޮންމެ ހުށަހެޅުމަކަށްވެސް ވަނީ ޖަޖުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އިންޑިއާގައި ނަން ވިދާ، އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ލަވަކިޔުންތެރިން، ނުވަތަ ޖަޖުން ވަނީ މި ހުށަހެޅުންތަކަށް ތައުރީފު ކޮށްފައެވެ.
މި ބޭންޑުން އެލިމިނޭޝަން ރައުންޑުގައި ހުށަހަޅައިދީފައިވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގުގެ "ވޭ ކަމްލިޔާ" އަދި ޓޫ އޮފް އަސް ބޭންޑުގެ ވޯކަލިސްޓު އަމިއްލައަށް ލިޔެފައިވާ ލަވައެއް ކަމަށްވާ "ތޫހީ ރޭ" ގެ މިކްސްއެކެވެ. މީގެ ކުރިން ޓޫ އޮފް އަސް އިން މި ޝޯގައި ދީފައިވަނީ ވަރަށްވެސް ފޯރިގަދަ ހުށަހެޅުންތަކެކެވެ. އެހެންނަމަވެސް، ކުޑަކޮށް ތަފާތު ކޮށްލާ "ރިސްކު" ނެގުމުގެ ގޮތުން އެ ބޭނުންޑުން އެލިމިނޭޝަން ރައުންޑުގައި ގެނެސްދީފައިވަނީ ޖަޒުބާތުން ފުރިގެންވާ މި ހުށަހެޅުމެވެ.
މި ހުށަހެޅުމަށް ޝޯގެ ޖަޖުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ހުރިހާ ޖަޖުންވެސް މި ހުށަހެޅުން ސިފަކޮށްފައިވަނީ ޖަޒުބާތުން ފުރިގެންވާ އަދި ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލާފަދަ ހުށަހެޅުމެއްގެ ގޮތުގައެވެ. ސޯޝަލް މީޑިއާގައިވެސް މި ހުށަހެޅުން މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
ބުދަ ދުވަހުގެ ހުށަހެޅުމަށްފަހު، ރޭ ކުރިއަށްގެންދިޔަ އެލިމިނޭޝަންގައި ރާއްޖޭގެ "ޓޫ އޮފް އަސް"ގެ އިތުރުން ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސްރީލަންކާގެ ބޭންޑް "ނައިޓްސް"، މޮރިޝަސްގެ ބޭންޑް "ނިކިލް އެންޑް ގޭންގް"، ތަޖަކިސްތާނުގެ "ދިލްސޭ"، ނޭޕާލްގެ "ސްވާސްތިކް" އަދި މޮރިޝަސްގެ "އެވާރނެޓްސް"އެވެ.
އެލިމިނޭޝަން ރައުންޑަށްފަހު، ރޭގެ ޝޯގައި ވަނީ ސެމީ ފައިނަލްގެ ބައެއް ހުށަހެޅުންތައް ހުށަހަޅާފައެވެ.
މި މުބާރާތުގައި ސެމީ ފައިނަލަށް ދިޔަ ބޭންޑުތަކުގެ ތެރެއިން އެއް ބޭންޑު މިރޭގެ ރޭގެ ޝޯގައި އެލިމިނޭޓު ވާނެއެވެ. އަދި 03 މެއި ގައި ބާއްވާ ގްރޭންޑް ފިނާލޭގައި 05 ބޭންޑެއް ވާދަ ކުރާނެއެވެ. އޭގެ ތެރެއިން އެންމެ މޮޅު ތިން ބޭންޑު ހަމަ އެރޭ އިއުލާން ކުރެވިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު