ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑު 2" އަށް ފުރަތަމަ ދުވަހު 17 ކަރޯޑް ރުޕީސްގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމު ސިނަމާތަކަށް ނެރުނީ މެއި 1 ގައެވެ. ފިލްމުގެ އުފެއްދުންތެރިން ލަފާ ކުރީ ފިލްމު ނެރޭ ދުވަހު 11 ނުވަތަ 12 ކަރޯޑް ރުޕީސް އާއި ގާތްކުރާ ވަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެއާ ހިލާފަށް، މި ފިލްމަށް ވަނީ ފުރަތަމަ ދުވަހުވެސް 17 ކަރޯޑްގެ އާމްދަނީއެއް ލިބިފައެވެ.
މިއީ 2018 ވަނަ އަހަރު ނެރުނު "ރެއިޑު" ގެ ސީކުއެލްއެކެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ބުޝަން ކުމާރު އާއި ކުމާރު މަންގަތު އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭ ގެ އިތުރުން ތަމައްނާ ބާޓިއާ، ފަޖަތު ކަޕޫރު، ވާނީ ކަޕޫރު، ރިތޭޝް ދޭޝްމުކް އަދި ޝްރޫތީ ޕާންޑޭ ހިމެނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމާ މެދު ބެލުންތެރިން ދެކޭ ގޮތްވެސް ވަރަށް "ޕޮޒިޓިވް" އެވެ. "ރެއިޑު" އެކޭ އެއްފަދައިން މި ފިލްމަކީވެސް ހިޓު ފިލްމަކަށް ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު