މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައާ ގުޅިގެން ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ރޭ ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.
ރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރީ މުޒާހަރާ ލީޑުކުރުމުގައި އިސްކޮށް އުޅުނު ބަގީޗާގެ / ނ. ކުޑަފަރި، އަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، އައިޝަތު ޝިމަން އަހުމަދު (19އ) އެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށް ވަނީ މުޒާހަރާ ރޫޅާލައިފަ އެވެ.
ދެ މީހުން ހައްޔަރުކުރުމާ ގުޅިގެން އަޒާން އެކްސްގައި ވިދާޅުވީ ފާއިތުވި ވެރިކަމުގައި ވެސް ސުލްޙަވެރި އިހުތިޖާޖުތައް ހުއްޓުވަން ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އެ އިހުތިޖާޖުތައް ހުއްޓުވި ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ވެރިކަމަށް އައީ އެކަން ބަދަލުކުރަން ވައުދުވެގެންކަން ވެސް އަޒާން ފާހަގަކުރި އެވެ.
"އެހެނަސް މިފެންނަނީ ފުލުހުން ނިކުމެ ހަރުކަށި ކަމާއި އެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން. މިއީ ކަންބޮޑުވާ ކަމެއް! ސުލްޙަވެރިކަމާއި އެކު އިހުތިޖާޖުކުރުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް!" އަޒާން ވިދާޅުވި އެވެ.
އެހެންވެ މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ޒުވާނުން ދޫކޮށްލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ފުލުހުން ރޭ ބުނީ މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް އެ މީހުންނަށް ދަތި އުނދަގޫވަމުންދާތީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު