ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންތިޒާމެއް ނެތި ފައިސާ ޗާޕުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އިޖްތިމާއީ މީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ތަފްސީލީ ޕޯސްޓެއްގައި އަޒާން ވަނީ، ކޮވިޑް-19 ގެ ދުވަސްވަރު ފައިސާ ޗާޕުކުރި ނަމަވެސް އެ ދުވަސްވަރު ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް ނައީ ކީއްވެގެންކަމާއި، އޭގެ ނޭދެވޭ އަސަރު މިހާރު އިޤްތިސާދަށް ކުރަމުންދާ ގޮތް ތަފާސްހިސާބުތަކާއެކު ހާމަކުރައްވާފައެވެ.
އަޒާން ފާހަގަކުރެއްވި ގޮތުގައި 2020 އިން 2023 އާ ހަމައަށް ދައުލަތުން ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ޗާޕުކުރިއެވެ. ނަމަވެސް އެ ދުވަސްވަރު ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ހާލަތު އޮތްގޮތުން ޑޮލަރަށް އޮތް ޑިމާންޑު އާދަޔާ ހިލާފަށް ދަށެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރާ އަޅާބަލާއިރު، 2020 ވަނަ އަހަރު ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުރި ހަރަދު 1 ބިލިއަން ޑޮލަރު މަދުވެ، 1.7 ބިލިއަން ޑޮލަރަށް ދަށްވިއެވެ.
މީގެ އިތުރުން، ކޮވިޑްގެ ބަންދާ ގުޅިގެން ދިވެހިން ބޭރަށް ކުރި ދަތުރުތަކުގެ ހަރަދު 333 މިލިއަން ޑޮލަރުން 108 މިލިއަން ޑޮލަރަށް ކުޑަވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރަށް ފޮނުވި ފައިސާ (ރެމިޓެންސް) ވެސް 595 މިލިއަން ޑޮލަރުން 396 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.
އަޒާން ވިދާޅުވި ގޮތުގައި، އިމްޕޯޓާއި، ދަތުރުފަތުރާއި، ރެމިޓެންސް ފަދަ ޑޮލަރު އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ހުއްޓިފައި އޮތުމުން އޭރު ޑޮލަރުގެ އަގު ކުއްލިއަކަށް އުފުލިފައި ނުވަނީއެވެ. ނަމަވެސް އިޤްތިސާދު އަލުން ހުޅުވާލުމާއެކު، ދަތުރުފަތުރަށް ކުރި ހަރަދު 484 މިލިއަން ޑޮލަރަށް އަދި ރެމިޓެންސް 661 މިލިއަން ޑޮލަރަށް އިތުރުވެގެން ދިޔުމުން، ކުރިން ޗާޕުކުރި ފައިސާގެ ނޭދެވޭ އަސަރު ބާޒާރަށް ފޯރަން ފެށީއެވެ.
ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް ފައިސާ ޗާޕުކުރުމަކީ ނުރައްކާތެރި ކަމެއްކަމުގެ އިންޒާރު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ތަކުރާރުކޮށް ދެމުންދިޔަކަން އަޒާން ފާހަގަކުރެއްވިއެވެ. އަދި އޭރުގެ ފިނޭންސް މިނިސްޓަރު އެ ފައިސާ މާކެޓުން އަނބުރާ ނަންގަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ވެރިކަން ނިމުނުއިރުވެސް އެކަން އޮތީ ނުކުރެވިފައެވެ.
މިހާރުގެ ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވީ ނަމަވެސް، މަނިޓަރީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ނަތީޖާ ފެންނަން ވަގުތު ނަގާނެކަމަށް އަޒާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއަހަރު ޑޮލަރުގެ ތާށިކަން ބޮޑުވުމަށް ދިމާވި އެހެން ސަބަބުތަކުގެ ތެރޭގައި، ނިމިދިޔަ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ދަރަނި މިއަހަރު ދައްކަންޖެހުމާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް އައި ލޮޅުމުގެ އިތުރުން ތެލުގެ އަގު އުފުލުން ހިމެނޭ ކަމަށެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުން. މިހެން ބުނީމަ ވަރަށް ގިނަ ކުރާ ސުވާލަކީ އޭރު ފައިސާގެ އަގު ނުވެއްޓުނީ ކީއްވެތޯ. އަދި ކޮވިޑު ތެރޭގައި އިޤްތިސާދު ހުއްޓިފައި އޮތް އިރުވެސް ފައިސާގެ އަގު ނުވެއްޓޭކަމަށް…
— Ahmed Azaan (@axanner) August 13, 2026
އަޒާން ފާހަގަކުރެއްވި ގޮތުގައި 2020 އިން 2023 އާ ހަމައަށް ދައުލަތުން ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ޗާޕުކުރިއެވެ. ނަމަވެސް އެ ދުވަސްވަރު ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ހާލަތު އޮތްގޮތުން ޑޮލަރަށް އޮތް ޑިމާންޑު އާދަޔާ ހިލާފަށް ދަށެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރާ އަޅާބަލާއިރު، 2020 ވަނަ އަހަރު ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުރި ހަރަދު 1 ބިލިއަން ޑޮލަރު މަދުވެ، 1.7 ބިލިއަން ޑޮލަރަށް ދަށްވިއެވެ.
މީގެ އިތުރުން، ކޮވިޑްގެ ބަންދާ ގުޅިގެން ދިވެހިން ބޭރަށް ކުރި ދަތުރުތަކުގެ ހަރަދު 333 މިލިއަން ޑޮލަރުން 108 މިލިއަން ޑޮލަރަށް ކުޑަވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރަށް ފޮނުވި ފައިސާ (ރެމިޓެންސް) ވެސް 595 މިލިއަން ޑޮލަރުން 396 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.
އަޒާން ވިދާޅުވި ގޮތުގައި، އިމްޕޯޓާއި، ދަތުރުފަތުރާއި، ރެމިޓެންސް ފަދަ ޑޮލަރު އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ހުއްޓިފައި އޮތުމުން އޭރު ޑޮލަރުގެ އަގު ކުއްލިއަކަށް އުފުލިފައި ނުވަނީއެވެ. ނަމަވެސް އިޤްތިސާދު އަލުން ހުޅުވާލުމާއެކު، ދަތުރުފަތުރަށް ކުރި ހަރަދު 484 މިލިއަން ޑޮލަރަށް އަދި ރެމިޓެންސް 661 މިލިއަން ޑޮލަރަށް އިތުރުވެގެން ދިޔުމުން، ކުރިން ޗާޕުކުރި ފައިސާގެ ނޭދެވޭ އަސަރު ބާޒާރަށް ފޯރަން ފެށީއެވެ.
ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް ފައިސާ ޗާޕުކުރުމަކީ ނުރައްކާތެރި ކަމެއްކަމުގެ އިންޒާރު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ތަކުރާރުކޮށް ދެމުންދިޔަކަން އަޒާން ފާހަގަކުރެއްވިއެވެ. އަދި އޭރުގެ ފިނޭންސް މިނިސްޓަރު އެ ފައިސާ މާކެޓުން އަނބުރާ ނަންގަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ވެރިކަން ނިމުނުއިރުވެސް އެކަން އޮތީ ނުކުރެވިފައެވެ.
މިހާރުގެ ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވީ ނަމަވެސް، މަނިޓަރީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ނަތީޖާ ފެންނަން ވަގުތު ނަގާނެކަމަށް އަޒާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއަހަރު ޑޮލަރުގެ ތާށިކަން ބޮޑުވުމަށް ދިމާވި އެހެން ސަބަބުތަކުގެ ތެރޭގައި، ނިމިދިޔަ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ދަރަނި މިއަހަރު ދައްކަންޖެހުމާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް އައި ލޮޅުމުގެ އިތުރުން ތެލުގެ އަގު އުފުލުން ހިމެނޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު