ރަންބީރު ކަޕޫރު އާއި ރިދިމާ ކަޕޫރު
ރަންބީރު ކަޕޫރު އާއި ރިދިމާ ކަޕޫރު
ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރުގެ ދައްތަ ރިދިމާ ކަޕޫރު ބޮލީވުޑަށް ތައާރަފްވާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެންޑީޓީވީގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިހާރު ރިދިމާ ދަނީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމު ޝިމްލާގައި ޝޫޓު ކުރަމުން ކަމަށެވެ. ރިދިމާވެސް ހިންދީ ފިލްމެއްގެ ރޯލަކަށް ޝޫޓުކުރަމުންދާ ކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

މިއީ ހިންދީ ފިލްމެއްކަން މީޑިއާތަކަށް ހާމަކުރިނަމަވެސް، ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ފިލްމުން ނީތޫ ކަޕޫރުވެސް ފެނިގެންދާނެ ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

ރިދިމާ މީހުންގެ ތެރޭގައި މަގުބޫލުވެފައިވަނީ ނެޓްފްލިކްސްއިން ގެނެސްދޭ ޝޯ “"ފެބިއުލަސް ލައިވްސް ވީ އެސް ބޮލީވުޑް ވައިވްސް" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން