ޝްރައްދާ ކަޕޫރު
ޝްރައްދާ ކަޕޫރު
މިދިޔަ އަހަރު ނެރުނު "ސްޓްރީ 2" ގެ ކާމިޔާބީއަށްފަހު ޝްރައްދާ ކަޕޫރުވެސް ފީ ބޮޑުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

"ސްޓްރީ 2" ގެ ކާމިޔާބީއަށްފަހު އެ ފިލްމުގެ ތަރި ރާޖްކުމާރު ރާއޯވެސް ވަނީ އޭނާގެ ފީ ބޮޑު ކޮށްފައެވެ. އެގޮތުން ރާޖްކުމާރުގެ ފީތައް 5 ކަރޯރަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ހަމަ އެފަދައިން ޝްރައްދާވެސް މިހާރު އޭނާގެ ފީ ބޮޑު ކުރި ކަމަށް ޕިންކް ވިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން ރިޕޯޓުގައިވާ ގޮތުގައި އެކްތާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުގެ ލީޑު ރޯލު ކުޅެން އޭނާ އެއްބަސްވީ 17 ކަރޯރު ރުޕީސް އަށެވެ.

މިއީ ޝްރައްދާ މިފަދަ އަދަދެއް ނަގަން ނިންމި ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މި ފީގެ އިތުރުން ފިލްމަށް ލިބޭ ޕްރޮފިޓުންވެސް ވަކި ވަރެއް ޝްރައްދާއަށް ލިބޭނެ ކަމަށް ރިޕޯޓުގައި ވެއެވެ.

ތުރިލާ ފިލްމެއްގެ ގޮތުގައި ތައްޔާރުކުރާ މި ފިލްމު ޑައިރެކްޓު ކުރާނީ ރަހީ އަނިލް ބާވް އެވެ. މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު މެދުތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން