އޮއްޕަމްގެ ހިންދީ ރީމޭކުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ފެނިގެންދާނީ ވިލަންގެ ރޯލުން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމު ޕްރޮޑިއުސް ކުރާނީ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ޕްރިޔާދަރްޝަން ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މި ފިލްމުގެ ލީޑުން ދެން ފެނިގެންދާނީ ސައިފް އަލީ ޚާން ކަމަށްވެސް މީގެ ކުރިން ރިޕޯޓު ކޮށްފައި ވެއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ މި ފިލްމުގައި އަކްޝޭ ވަރަށް ތަފާތު ކެރެކްޓަރަކުން ފެނިގެންދާއިރު، ފިލްމުގެ ބޮޑު ބައެއްގައި އަކްޝޭ އާއި ސައިފް އާ ދެމެދު ހިނގާ ހަމަނުޖެހުންތަކަށް އަލިއަޅުވާލާފައި ވާނެ ކަމަށެވެ. އަދި މި ފިލްމު ވަރަށް "އިންޓެންސް" ވާނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
އަކްޝޭ އަކީ އާންމު ގޮތެއްގައި ކޮމެޑީ އަދި ވަރަށް "ހީރޮއިކް" ރޯލުތަކުން ފެންނަ ތަރިއެކެވެ. މިއީ ވިލަންގެ ސިފައިގައި އަކްޝޭ ފެނިގެންދާ ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ މަސައްކަތް މިއަހަރު އޮގަސްޓު މަހު ފަށާނެއެވެ. އަދި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު