"ޕިރް އާޔެ ހަސީން ދިލްރުބާ" ގެ ޕޯސްޓަރު
"ޕިރް އާޔެ ހަސީން ދިލްރުބާ" ގެ ޕޯސްޓަރު
ގިނަ ބައެއްގެ މެދުގައި މަގުބޫލުވި "ހަސީން ދިލްރުބާ" ފްރެންޗައިސްގެ ތިންވަނަ ބައެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ތާޕްސީ ޕަންނޫ އަދި ވިކްރަންތް މާސޭ އެކުގައި ފެނިފައިވާ "ހަސީން ދިލްރުބާ'" އަކީ 2021 ގައި ނެޓްފްލިކްސްގައި ސްޓްރީމްކުރެވުނު ކްރައިމް ތުރިލާ ފިލްމެކެވެ. މި ފިލްމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ. އަދި އޭގެ ސީކުއަލް "ޕިރް އައީ ހަސީން ދިލްރުބާ'" މިދިޔަ އަހަރު ނެރެފައިވާއިރު، އެއަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މިހާރު ފްރެންޗައިސްގެ ތިން ވަނަ ބައެއް އުފެއްދުމަށް ޕްރޮޑިއުސަރުން މަސައްކަތް ކުރަމުންދާ ކަމަށް ޕިންކްވިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ޕިންކްވިލާގެ ރިޕޯޓުގައި ބުނެފައިވަނީ މި ފިލްމުގެ ސްކްރިޕްޓު ލިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެެވެ. އެހެންނަމަވެސް ފިލްމުގެ ކާސްޓިންގ އަދި ޝޫޓިންގ ޝެޑިއުލް ފައިނަލް ކުރެވިފައި ނުވާކަމަށް ރިޕޯޓުގައި ވެއެވެ.

ފިލްމާ ގުޅޭ އިތުރު މައުލޫމާތުތައް ފައިނަލް ވުމާއެކު މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށް ފިލްމުގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން