ސްކޫލްތަކުގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ލަސްވާކަމުގައިވާނަމަ، އެ މަސައްކަތް އެހެން ފަރާތަކާއި ހަވާލުކޮށްގެންވެސް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރަށްރަށުގެ ސްކޫލް އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ފާޅުކޮށް އެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ނިމިދިޔަ ދައުރުގެތެރޭގައި ފެށި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވަނީ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށެވެ.
އެގޮތުން ސަރުކާރު ބަދަލުވީއިރު ސްކޫލްތަކުގެ އުމްރާނީ މަސައްކަތްތަކާއި ގުޅޭ މަޝްރޫއުތަކަށް 280 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މީގެ ތެރެއިން މިހާރު ނުދައްކާ ހުރީ 17 މިލިޔަން ރުފިޔާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި މަޝްރޫއުތަކުގެ މަސައްކަތްތައް ލަސްވާނަމަ އެ މަސައްކަތް ކުރާ ކުންފުނި ޓާމިނޭޓު ކުރާނެ ކަމަށެވެ. އަދި އެހެން ފަރާތަކާއި ހަވާލުކޮށްގެންވެސް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަދި މިހާރުވެސް ބައެއް ސްކޫލްތަކުގެ ހުއްޓިފައިވާ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު