އިންޑިއަން އައިޑޮލް 12 ގެ ނަސީބުވެރިޔާ ޕަވަންދީޕު
އިންޑިއަން އައިޑޮލް 12 ގެ ނަސީބުވެރިޔާ ޕަވަންދީޕު
އިންޑިއަން އައިޑޮލް ސީޒަން 12 ގެ ޝަރަފުވެރި އެއް ވަނަ ހާސިލްކުރި ޕަވަންދީޕު ރާޖަން ނުރައްކާތެރި އެކްސިޑެންޓެއްވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ. އަދި މި އެކްސިޑެންޓު ހިނގާފައިވަނީ ނޭޝަނަލް ހައިވޭ 9 ގައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އިންޑިއާގެ ފުލުހުން ބުނާ ގޮތުގައި އޭނާ އެކްސިޑެންޓު ވެފައިވަނީ ބޮޑު ލޮރީ އެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގެއެވެ. އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އިންޑިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ޕަވަންދީޕު އަކީ ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. އޭނާގެ ބައެއް ލަވަތަކުގެ ތެރޭގައި "ޔާދް" "ފުރުސަތު" އަދި "ތޭރޭ ލިޔޭ" ފަދަ ލަވަތައް ހިމެނެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން