ބޮޑު އަދަދަކުން މަޝްހޫރު މީސްމީޑިޔާ އެޕް، ޓިކްޓޮކް ޖޫރިމަނާކޮށްފިއެވެ.

ޓިކްޓޮކް ޖޫރިމަނާކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަނުންނެވެ. އެގޮތުން އީޔޫއިން ވަނީ 530 މިލިއަން ޔޫރޯ (600 މިލިއަން ޑޮލަރު) އިން ޓިކޮޓޮކް ޖޫރިމަނާ ކޮށްފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިއީ ޔޫރަޕްގައި އެ އެޕް ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ޤާނޫނާ ޚިލާފަށް ޗައިނާއަށް ފޮނުވުމުގެ ސަބަބުން ކޮށްފައިވާ ޖުރިމާނާއެކެވެ.

އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނުން ފާހަގަކުރި ގޮތުގައި ޓިކްޓޮކުން ޔޫރަޕިއަން ޔޫނިއަންގެ ޕްރައިވަސީ ޤާނޫނުތަކާ ޚިލާފުވެފައިވަނީ ޗައިނާ ސަރުކާރުގެ ބޭނުމަށް ޗައިނާގައި މައުލޫމާތު ރައްކާ ކުރުމުގެ ގޮތުންނެވެ.

ގިނަ ބައެއްްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކުން ހަ މަސްދުވަހުގެ ތެރޭގައި ޑޭޓާ ބެލެހެއްޓުމުގެ އުސޫލުތައް ރަނގަޅުކުރަންވާނެ ކަމަށްވެސް އީޔޫއިން ވަނީ އަންގާފައެވެ. އަދި ޗައިނާއަށް ޑޭޓާ ފޮނުވުން އެއްކޮށް ހުއްޓާލަންވާނެ ކަމަށްވެސް އީޔޫއިން ބުނެފައި ވެއެވެ.

އެ އެޕް ހިންގާ ބައިޓްޑާންސް ކުންފުނިން މި މައްސަލަ އިސްތިއުނާފު ކުރުމަށް ރާވަމުންދާ ކަމަށް ބުނެއެވެ. އެގޮތުން އެ ކުންފުނިން ބުނެފައި ވަނީ އެއްވެސް އިރެއްގައި ޔޫރަޕިއަން ޔޫނިއަންގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ޗައިނާގެ އިދާރާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން